Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އުރީދޫގެ "މަގޭ ޕްލޭން" ހަބޭސް

* ޑޭޓާ އެލަވަންސް 100 އެމްބީއިން ފެށިގެން 1000 ޖީބީއާއި ހަމައަށް
* ކޯލް ކުރެއްވުމަށް 20،000 މިނިޓާއި ހަމައަށް އިޙްތިޔާރު ކުރެވޭނެ
* އެސްއެމްއެސް 25،000 މެސެޖް އާއި ހަމައަށް ފޮނުވޭނެ
* އެއް ދުވަހުން ފެށިގެން، އެއް މަސް ދުވަހާއި ހަމައަށް މުއްދަތު ކަނޑައެޅުމުގެ ބާރު ވެސް ކަސްޓަމަރުންނަށް ލިބޭ

އަމިއްލައަށް ޕެކޭޖް ޑިޒައިންކުރެވޭ ގޮތަށް "މަގޭ ޕްލޭން"ގެ ނަމުގައި އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހިދްމަތެއް ތައާރަފް ކޮށްފި އެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގޭ ޕްލޭން ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ.

މަގޭ ޕްލޭން އާއި ބެހޭ ގޮތުން ސީއީއޯ ނަޖީބް ވިދާޅުވީ މިއީ މުވާސަލާތީ ހިދްމަތް ހޯދާ ފަރާތްތަކަށް ގިނަ ހިދްމަތްތައް ފަސޭހަކަމާއު އެކު ލިބިގެންދާނެ ޕްލޭނެއް ކަމަށެވެ.

ޕްލޭންގެ ޚިދުމަތް ބޭނުންކުރުމަށް:

1.މަގޭ ޕްލޭން ފަރުމާކުރުމަށް، މައި އުރީދޫއަށް ލޮގްއިން ކޮށްލައްވާ. އެއަށްފަހު މަގޭ ޕްލޭން އައިކަން ޚިޔާރުކުރައްވާ.

2.މޮބައިލް ޑޭޓާ އަށް ފިތާލެއްވުމަށްފަހު ބޭނުންފުޅުވެލައްވާ ޑޭޓާ އެލަވަންސް ޚިޔާރު ކުރައްވާ. މިގޮތުން 100 އެމްބީ އިން ފެށިގެން 1000 ޖީބީއާއި ހަމައަށް އިޚްތިޔާރު ކުރެއްވޭނެ.

3. ކޯލް ކުރެއްވުމަށް ބޭނުންފުޅުވާ ވަރެއް ކަނޑައަޅުއްވާ. އުރީދޫގެ ނަމްބަރުތަކަށް ވަކި މިންވަރެއް، ނުވަތަ ލޯކަލް ކޮންމެ ނަމްބަރަކަށް ގުޅާލުމަށްވެސް، 20،000 މިނިޓާ ހަމައަށް އިޚްތިޔާރު ކުރެއްވޭނެ.

4. ގިނައިން އެސްއެމްއެސް ކުރައްވާ ބޭފުޅެއްނަމަ، އެސްއެމްއެސް ކުރައްވަން ބޭނުންފުޅުވާ މިންވަރެއް ކަނޑައަޅުއްވާ. ގިނަވެގެން 25،000 އެސްއެމްއެސް ޚިޔާރު ކުރެއްވިދާނެ.

5. ޑޭޓާ، ކޯލް އަދި އެސްއެމްއެސް ޕެކޭޖްގެ މުއްދަތުގެ ގޮތުގައި 1 ދުވަސް، 3 ދުވަސް، 7 ދުވަސް، 15 ދުވަސް، ނުވަތަ 30 ދުވަސްވެސް އިޚްތިޔާރު ކުރެއްވޭނެ.

6.. އައިޑީޑީ ކޯލް ކުރައްވާ ބޭފުޅުންނަށްވެސް މަގޭ ޕްލޭންއިން ވަރަށް ޚާއްޞަ މަންފާތަކެއް ލިބިވަޑައިގަންނަވާނެ. މިގޮތުން އެންމެ 19 ރުފިޔާއަށް ރާއްޖެއިން ބޭރަށް ގުޅާލުމަށް އެންމެ ހެޔޮއަގު 30 ދުވަހުގެ މުއްދަތަށް ބޭނުންފުޅުވާނަމަ، އައިޑީޑީ އޮފަރ އިޚްތިޔާރު ކުރެއްވޭނެ.

7. ބޭނުންފުޅުވާ ގޮތަށް މަގޭ ޕްލޭން ފަރުމާކުރަމުންދާއިރު، ޕްލޭންގެ ޖުމްލަ އަގު ފެނިވަޑައިގަންނަވާނެ. ޕްލޭން އިޚްތިޔާރު ކުރެއްވުމަށް "ކްރިއޭޓް މަގޭ ޕްލޭން" ބަޓަނަށް ފިއްތާލައްވާ.

މަގޭ ޕްލޭންގެ ދަށުން އެއް ދުވަހުން ފެށިގެން، އެއް މަސް ދުވަހާއި ހަމައަށް މުއްދަތު ކަނޑައެޅުމުގެ ބާރު ވެސް ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. އަމިއްލަ އަށް ބޭނުންވާ ގޮތަކަށް ޕެކޭޖް ތައްޔާރު ކުރުމުން އެ ޕެކޭޖްގެ އަގު ވެސް ވަގުތުން ކަސްޓަމަރުންނަށް ލިބިގެން ދެ އެވެ.