Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ސްރީލަންކަން އިން ބުކިން ޑޮޓްކޮމްއާ ގުޅިއްޖެ

ސްރީލަންކަން އެއާލައިންސް އާއި މަޝްހޫރު ބުކިން ޑޮޓް ކޮމް ގުޅިގެން ޓިކެޓާއި އެކު ހޮޓެލް ބުކިން ހެދޭ ގޮތް ހަދައިފިއެވެ.

ސްރީލަންކަން އާއި ބުކިން ޑޮޓް ކޮމް ގުޅިގެން މި ހިދްމަތް ފަށާފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެެވެ.
މިހިދްމަތް ފެށުމާއި ގުޅިގެން ސްރީލަންކަންއިން އާއްމުކޮށް ދަތުރު ކުރާ "ފްލައި ސްމައިލްސް"ގެ މެމްބަރުން ޓިކެޓާއި އެކު ހޮޓަލެއް ކުބް ކޮށްފިނަމަ، ހިލޭ ލިބޭ ޕޮއިންޓް (މައިލްސް) ދެ ގުނަ ވެގެން ދާނެ ކަމަށް އެއާލައިން އިން ބުންޏެވެ.

އެގޮތުން މި ޕްރޮމޯޝަން އަންނަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނި ނިންމާފައެވެ.

ހޮޓެލް ރިޒަވޭޝަން ހެދުމުގައި މަގްބޫލް ބުކިންޑޮޓްކޮމްއިން ބުނީ މި ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ސްރީލަންކަން އެއާލައިންސްގެ ރަސްމީ ވެބް ސައިޓް މެދުވެރިކޮށްވެސް މިހާރު ގިނަ ހޮޓެލްތައް ބުކް ކުރެވޭނެކަމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ގިނަ ހޮޓެލްތައް ވެބް ސައިޓްގައި ހިމެނިގެންދާނެކަމަށެވެ.

ސްރީލަންކަންގެ ވިޔަފާރި ދާދި ފަހުން ހީނަރުވި ނަމަވެސް އެއާލައިންއިން ދަނީ އިތުރު މަންޒިލްތަކަށް ދަތުރު ފަށައި ކުރިއެރުން ހޯދަމުންނެވެ. ވަން ވޯލްޑް އެއާލައިންގެ ގޮތުގައި ސްރީލަންކަން ހިންގަމުން އަންނައިރު އެއާލައިންއިން ރާއްޖޭގެ ދެ މަންޒިލަކަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.