ހުޅުމާލޭގައި އަލަށް އިމާރާތްކުރި ފްލެޓް ތަކުގެ ތެރެއިން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ ފެލްޓްގެ ކުއްޔަކީ މަހަކު 6000 ރުފިޔާ ކަމުގައި ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މުއިއްޒު ވިދާޅުވީ މިހާރު ދޫކުރާ ފްލެޓްތަކުގެ ޑައުންޕޭމެންޓްގެ ގޮތުގައި 25000 ރުފިޔާ ދައްކަވަން ޖެހޭނެކަމަށެވެ. މުއިއްޒު ވިދާޅުވީ ކުލި ދައްކަވަން ޖެހޭނީ 25 އަހަރަށް ބަހާލައިގެން ކަމަށެވެ.
ނަމާއި ލިބުނު ޕޮއިންޓް ނުހިމަނައި ރޭ ލިސްޓު އާއްމުކުރިއިރު އިތުރު 36 ފަރާތަކަށް ފްލެޓް ދޫކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 704 ފްލެޓެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި ފްލެޓްތަކަށް ފަނަރަ ހާހަށް ވުރެ ގިނަ މީހުންވަނީ ފޯމު ހުށަހަޅާފައެވެ. ނަމަވެސް ފޯމް އިވެލުއޭޓް ކުރުމަށްފަހު ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުން އިއްލާންކޮށްފައިވަނީ ކޮން ބައެއްކަން ނޭގޭ އުސޫލުންނެވެ.