Last Updated: May 2, 02:14
Thursday, May 1, 2025
މުނިފޫހިފިލުވުން

"83" ގައި ރަންވީރަކީ ކަޕިލް ދޭވް

އިންޑިއާގެ ކްރިކެޓް ލެޖެންޑުންގެ ތެރޭގައި ހިމެނޭ ކަޕިލް ދޭވް ޓީމްގެ ކެޕްޓަނަކަށް ހުރެެގެން 1983 ވަނަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އަށް ކާމިޔާބުކޮށް ދިން ވާހަކަ ކިޔައިދޭ ފިލްމް "83" ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

މި ފިލްމްގައި ކަޕިލްގެ ރޯލް ކުޅެނީ ޒުވާން އަދި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އެވެ.

"83" ލޯންޗް ކުރަން ބުދަ ދުވަހު ބޭއްވި ހަފުލާގައި އޭރު ޓީމްގައި ކަޕިލްއާ އެކު ހިމެނުނު ކުޅުންތެރިން ވެސް ބައިވެރިވި އެވެ. އެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް ލިޔެ، ޑައިރެކްޓް ކުރަނީ ދާދި ފަހުން ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބް ލައިޓް" ގެ ޑައިރެކްޓަރު ކަބީރް ހާނެވެ.

މި ފިލްމްވެގެން ދާނީ ކަބީރާ އެކު، ރަންވީރު މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.

ފިލްމް ރަސްމީކޮށް ލޯންޗް ކުރި ނަމަވެސް ރަންވީރާ އެކު ޓީމްގައި ދެން ހިމެނޭ ކުޅުންތެރިންގެ ރޯލް ކުޅޭނެ އެކްޓަރުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.