Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ސުޕްރީމް ކޯޓުން ބަލާތީ ހައި ކޯޓުން ފާރިސްގެ މައްސަލަ މަޑުޖައްސާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން މަޑުޖައްސާލައިފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ފާރިސްގެ ވަކީލުންގެ ފަރާތުން ހައި ކޯޓަށް ހުށައެޅި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު ގާނޫނާއި ޚިލާފަށް ބަދަލުކޮށްފައިވާތީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުންނެވެ.

ސުޕްރީމް ކޯޓުން މިމައްސަލައާ މެދު ގޮތެއް ނިންމަންދެން ހައިކޯޓުން ވަނީ އިސްތިއުނާފުގެ މައްސަލަ މަޑުޖައްސާލާފައެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ދިރިއުޅުއްވި ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފާސްކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ފާރިސްގެ ވަކީލުން ހައި ކޯޓުގައި އެދިފައިވަނިކޮށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ވަނީ ބަދަލު ގެނެެސްފައެވެ. ފާރިސްގެ ވަކީލުން ވަނީ އެކަން އެގޮތަށް ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.