Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އިތުރު ފަސް ރަށަކަށް

4ޖީގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު.

ރާއްޖޭގެ ފަސް ރަށަކަށް ދިރާގުން ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ދޭން ފަށައިފިއެވެ. އަލަށް މި ޚިދުމަތް ތައާރަފްކުރި ރަށްތަކަކީ އ.އ މަތިވެރި، އުކުޅަސް، ބޮޑުފުޅަދޫ އަދި އ.ދ ދަނގެއްޗާއި މާމިގިލިއަށެވެ.

ދިރާގުން ބުނެފައިވަނީ ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ރާއްޖޭގެ އެހެން ހިސާބެއްގައި އަނެއްކާވެސް ފުޅާކުރުމަށްފަހު ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮމޯގެ ދަށުން ޚިދުމަތަށް އެދޭ ފަރާތްތަކަށް އަގަކާ ނުލާ ހިލޭ ގުޅައިދެވޭނެއެވެ.

މިހާރުވެސް ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބެމުން އަންނައިރު ވަރަށް އަވަހަށް އިތުރު ހިސާބުތަކަށް މިޚިދުމަތް ފުޅާ ކުރާނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

ފައިބާ ބްރޯޑްބޭންޑަކީ ރާއްޖޭގައި މިހާރު ދެވޭ އެންމެ ފެންވަރު ރަނގަޅު އިންޓަނެޓުގެ ޚިދުމަތެވެ. އެގޮތުން އިންޓަނެޓް ސްޕީޑު 100 އެމްބީޕީއެސްއަށް އަރާއިރު 1 ޓީބީގެ ޕެކޭޖު މިޚިދުމަތުގައި އެކުލެވިގެންވެއެވެ.