މިރޭ ކުޅުނު ފުޓުބޯޅަ މެޗަކަށް ފަހު ޒުވާނަކު ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. މަރުވެފައިވަނީ ތިމަރަފުއްޓަށް ނިސްބަތްވާ އަހުމަދު ހާމީން، 22، އެވެ.
އެނގިފައިވާ ގޮތުގައި މިރޭ ކުޅުނު މެޗަށް ފަހު ޒުވާނާ ވަނީ މެޔަށް ތަދުވެގެން އުޅޭ ކަމަށް ބުނެފައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދާދި ފަހުންވެސް މާލޭގައި ފުޓްސަލަ ކުޅެނިކޮށް ޒުވާނަކު ވަނީ މަރުވެފައެވެ.