Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ހުޅުމާލޭގައި އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހުޅުމާލޭ ގައި މިރޭ ކުއްލިގޮތަކަށް އަންހެން ކުއްޖަކު މަރުވެއްޖެއެވެ. ދާދި ކުޑަ ވަގުތުކޮޅެއް ކުރިން ހުޅުމާލޭގައި ފިރިހެން ކުއްޖަކުވެސް ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. އެނގިފައިވާ ގޮތުގައި މި ދެޒުވާނުންވެސް މިރޭ އުޅެފައިވަނީ އެއްކޮށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިރޭ ހޮސްޕިޓަލަށް 18 އަހަރުގެ އަންހެން ކުއްޖަކު ފުލުހުން ގެނައި ކަމަށާއި އެކުއްޖާ ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މީގެ އިތުރުންވެސް ހުޅުމާލޭ ހޮސްޕިޓަލަށް ދެ ޒުވާނުން ގެނައި ކަމަށާއި އޭގެ ތެރެއިން އެކަކީ ފުޓްބޯޅަ ކުޅުމަށް ފަހު މެޔަށް ތަދެއް އަރައިގެން އުޅުނު ޒުވާނެއްކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައެވެ. ދެން ގެނައި ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އޭނާ އޮތީ ޝޮކެއް ޖެހިފައިކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ ތަކާއި ގުޅިގެން ފުލުހުން އަދި ހޮސްޕިޓަލުން ވެސް އިތުރު ވާހަކައެއް ނުދައްކައެވެ.