Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ކާރު އެކްސިޑެންޓެއްގައި އަނިޔާވެ އަގުއޭރޯ ކުޅުމާ ދުރަށް

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ސާޖިއޯ އަގުއޭރޯ ކާރު އެކްސިޑެންޓެއްގައި އަނިޔާވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި ނެދަލޭންޑްސްގައި ހިނގި މިއެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ދެމީހުންނަށްވެސް ލިބިފައިނުވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން ވަނީ އެކްސިޑެންޓުވީ ކޮން ބަޔެއް ކަން ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާޖެންޓީނާގެ ނޫސްތަކުން އެކްސިޑެންޓުގައި އަގުއޭރޯއަށް އަނިޔާވެފައިވާ ކަން ކަށަވަރުކޮށްދީފައިވެއެވެ.

އަގުއޭރޯ ކުޅުމާއި ދުރަށް ދިއުމަކީ ސިޓީއަށް ލިބޭނެ ގެއްލުމެކެވެ. ސީޒަން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީއަށް އޭނާ ވަނީ ލީގުގައި މިހާތަނަށް 6 ގޯލު ޖަހާދީފައެވެ.