Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ރޮހިންޖާ މުސްލިމުންނާ އެކު ބޯޓެއް ބަންޑުން ޖަހާލައިފި

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި ބޯޓުން ދަތުރުކުރި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގާޅަށް އެތެރެވެފައިވާ މީހުންގެ އަދަދު 5 ލައްކައަށް އަރާފައިވާއިރު އަދިވެސް އެތައް ބަޔަކު އަންނަނީ އަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ބަންގާޅު ސިފައިން ބުނެފައިވަނީ މިހާތަނަށް 15 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ބޯޓުން 100 ވަރަކަށް މީހުން ބަންގާޅަށް އެތެރެވުމަށް މަސައްކަތް ކޮށްފައިވާއިރު ބޯޓު ބަންޑުން ޖަހާލައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.