Last Updated: June 19, 17:41
Friday, June 19, 2026
ދުނިޔެ

ޔަމަނުގައި ކޮލެރާގެ ނުރައްކާ އިންތިހާއަށް

ޔަމަނުގައި ކޮލެރާ ޖެހިގެން މަރުވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އަރައިފިއެވެ.

ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި ޔަމަނުގައި ކޮލެރާގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު މިހާތަނަށް 754،373 މީހުން ބަލި ޖެހިގެން ރެކޯޑުކޮށްފައިވާއިރު މިއީ 2010 ވަނަ އަހަރު ހެއިޓީއަށް އައި ބިންހެލުމުގައި އަސަރުކުރި މީހުންގެ ރެކޯޑު ފަހަތަށް ޖައްސާލި އަދަދެކެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރު އަންދާޒާ ކުރެވޭ ގޮތުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން ކޮލެރާ ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް އަރާނެ ކަމަށެވެ.

ޔަމަނުގައި 2015 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ހަނގުރާމަ ކުރަމުންދާއިރު މިއަހަރު މާޗު މަހުގައި ކޮލެރާ ވަނީ ފެތުރެން ފަށާފައެވެ. އެތައް ހާސް ކުޑަކުދިންނާއި އާންމުންނަށް ބަލި ޖެހިފައިވާއިރު އެތައް ބަޔަކު ވަނީ މިހާތަނަށް މަރުވެފައެވެ.