ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި 25 އަހަރުގެ ޒުވާނަކު މަރާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައިވަނީ ގއ. ދާންދޫ، ހާރިސް އަބްދުލް އަފޫރުއެވެ. އޭނާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.
އޭނާ މަރާލާފައިވަނީ ހުޅުމާލޭގައި ހުންނަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒު "ހާފްވޭ" ކައިރިންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ހާރިސް ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
ހުޅުމާލޭގައި ރޭވެސް ވަނީ ދެ ޒުވާނަކު މަރުވެފައެވެ.