Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

މާލޭގައި އިތުރު ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީ-ސިކްސް ކެފޭ ތެރޭގައި ޒުވާނަކަށް ވަޅި ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ ޒުވާނާއަށް މިވަގުތު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ 25 އަހަރުގެ ޒުވާނަކު މަރާލާފައިވާ އިރު ޖީ ސިކްސް ތެރޭގައިދިން ހަމަލާ އަކީ އެ މާރާމާރީ އާއި ގުޅުން ހުރި ހަމަލާއެއްކަމަށް މައުލޫމާތު ލިބެއެވެ.

މިރޭ މަރާލާފައިވަނީ ގދ. ދާންދޫ، ހާރިސް އަބްދުލް ޤަފޫރުއެވެ.