Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

މާރާމާރީއާ ގުޅިގެން ފުލުހުން ތަންތަން ފާސް ކުރަން ފަށައިފި

މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލައި، އޭގެ ފަހުން މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި ތަންތަން ފާސް ކުރަން ފަށައިފިއެވެ.

އެގޮތުން ގިނަ އަދަދެއްގެ ފުލުހުން ވަނީ މ. އެތުމާ ނަމަކަށް ކިޔާ ގެއެއްގެ ދޮރު ވައްޓާލައި އެގޭތެރެއަށް ވަދެފައެވެ. މީގެ އިތުރުން މާފަންނުގައި ހުންނަ ރާނބާ ރެސްޓޯރެންޓަށް ވެސް ފުލުހުން ވަނީ ވަދެ ފާސްކޮށްފައެވެ.

މިރޭ ހުޅުމާލޭގައި ވަނީ 25 އަހަރުގެ ޒުވާނަކު މަރާލާފައެވެ. އެއީ ގދ. ދާންދޫއަށް ނިސްބަތްވާ ހާރިސް އަބްދުލް ޤަފޫރުއެވެ.

ތަފްސީލް އަންނަނީ…