Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ފެރީން އަންހެނަކު މޫދަށް ވެއްޓިއްޖެ

ބަޔަކު ފެރީއަށް އަރާ ހަދަނީ: ފޮޓޯ - ވީނިއުސް

ރޭ މާލޭގައި އަންހެނަކު ފެރީން ފައިބަން އުޅެނިކޮށް ފެރީ ފަހަތަށް ޖައްސާލުމުން، އެމީހާ މޫދަށް ވެއްޓި އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ފެރީން ވެއްޓުނުއިރު ފެރީގެ އަރިމަތީގައި ތިބި ޓަޔަރުތަކެއްގައި ފައި އަޅައިގަން ފަޔަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.

އެސަރަހައްދުގައި ތިބި ބަޔަކު އަންހެން މީހާ ވެއްޓުމުން ވަގުތުން މޫދަށް ފުންމާލައި، އަންހެން ވަނީ ސަލާމަތްކޮށްފައެވެ. އޮންލައިން ނޫސް "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ވެސް ގެންދިޔައީ އެމީހުންނެވެ.

މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވާ ގޮތުގައި އަންހެން މީހާއަށް ރަނގަޅަށް ނޭރެނީސް ފެރީ ފަހަތަށް ޖައްސާލީއެވެ. ނަމަވެސް އެއީ ކެޕްޓަން ގަސްދުގައި ކުރި ކަމެއް ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭނާ ކިޔާދީފައިވެއެވެ.