ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި 54 ވަކީލުންގެ ތެރެއިން އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން މިއަދު ޑީޖޭއޭއިން އުވާލައިފިއެވެ.
މި ވަކީލުންގެ ސަސްޕެންޝަން ޑީޖޭއޭއިން އުވާލާފައިވަނީ ވަކީލުންތައް މައާފަށް އެދުމުން މައްސަލަ ބެލުމަށް ފަހުގައެވެ. މީގެ ކުރިންވެސް 54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން އުވާލާފައިވާއިރު މިއަދު އިތުރު 16 ވަކީލުންނަށް ވަކާލާތުކުރުމުގެ ހައްގު ރުޖޫއަ ކުރުމުން ބާކީ ސަސްޕެންޝަނުގައި ތިބޭނީ 25 ވަކީލުންނެވެ.
ސަސްޕެންޑު ކުރި ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.