ޕެން ޑްރައިވްތަކެއް ވަގަށް ނެގި މީހަކު 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ހުއްދަ ނެތި އެހެން މީހުންގެ މުދަލަށް ބާރުފޯރުވުމުގެ ދައުވާ ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، މާލެ/ހ.ބްރެޑްލީ، ހަސަން އިކްލީލެވެ.
އިކްލީލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު އެމްޓީސީސީ ޓަވަރުގެ ސެކިއުރިޓީ ކޮޓަރީޣެ ތެރޭގައި އޮތް ދަބަހަކުން 2 ޕެން ޑްރައިވް ނެގި މައްސަލަ އެއްގައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ވެސް އިކްލީލް ވަނީ ކުށަށް އިއުތިރާފްވެފައެވެ.