Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

މައިލީ ސައިރަސްގެ އާ އަލްބަމް ނެރެފި

ގިނަ ބައެއްގެ މަޤްބޫލްކަން ކުޑައިރުއްސުރެ ހޯދަމުންދާ އިނގިރޭސި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް، އޭނާގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް ނެރެފި އެވެ.

"ޔަންގާ ނައު" ގެ ނަން ދީފައިވާ މި އަލްބަމް ރިލީޒްކޮށްފައި ވަނީ 29 ސެޕްޓެމްބަރު 2017 ވީ ހުކުރު ދުވަހު އާރްސީއޭ ރެކޯޑްސް އިންނެވެ.

މި އަލްބަމްގެ ހުރިހާ ލަވައެއް ލިޔެ ޕްރޮޑިއުސް ކޮށްފައި ވަނީ މައިލީ އާއި އޯރެން ޔޮއެލް އެވެ. މީގެ ކުރިން ރިލީޒް ކުރެވުނު މައިލީގެ ފުރިހަމަ ދެ ދިގު އަލްބަމްގައި ވެސް އޭނާ ވަނީ ޔޮއެލް އާއިއެކު މަސައްކަތް ކޮށްފައެވެ.

މި އަލްބަމްގެ ލަވައެއް ކަމަށްވާ 'މެލިބޫ' ވަނީ މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކޮށްފައެވެ. އެ ލަވަ ވަނީ އެމެރިކާގެ ބިލްބޯޑް 100 ޗާޓުގެ 10 ވަނަ އަށް އަރާފައެވެ. އަލްބަމްގެ ޓައިޓަލް ޓްރެކް ކަމަށްވާ 'ޔަންގާ ނައު' ވެސް ވަނީ އޮގަސްޓް 18 ވަނަ ދުވަހު ލޯންޗް ކޮށްފައެވެ.

ޖުމްލަ 11 ލަވައާއި އެކު ލޯންޗް ކުރި މި އަލްބަމް މިހާރު ހުރިހާ ޑިޖިޓަލް ފިހާރަތަކުން ލިބެން ހުންނާނެ އެވެ.