ރޭ މާލޭގައި ހިންގި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި 12 މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ހަތަރު ކުދިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖުވެނައިލް ކޯޓަށް ގެންދިއުމުން އެކުދިން ދޫކޮށްލައިފިއެވެ.
މަޖްލިސް ކުރާ ގޭ ކައިރީ ހުންނަ ޖީ-ސިކްސް ކެފޭ ތެރޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމް ކުރި މައްސަލާގައި ފުލުހުން ހައްޔަރު ކުރި މި ހަތަރު ކުދިން ދޫކޮށްލާފައިވަނީ އެކުދިން ބަންދުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ބުނެއެވެ. އެހެންވެ އެކުދިން މިހާރު ވަނީ ދޫކޮށްލާފައެވެ.
މާލޭގައި ގޭންގު މާރާމާރީ އިތުރުވެ މީހުން މަރަމުން އަންނަ އިރު ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ ނުރައްކާތެރި ކުށްވެރިންގެ ތެރެއިން ބައެއް ފަރާްތްތަކުގެ ފައިގައި ޓެގް އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ހިންގާ މިފަދަ ނުރައްކާތެރި މާރާމާރީގައި 18 އަހަރުން ދަށުގެ ގިނަ ކުދިން ބައިވެރިވާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.