Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

އީސީސީ ކައިރިން އެކްސިޑެންޓެއް ހިނގައިފި

އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެންނެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި އިނީ ދުއްވަން ހުރި މީހާ އެކަންޏެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، ބޮލަށާއި މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވައެވެ.

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.