Last Updated: June 11, 11:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"ދޫމް 3" ގެ ޝޫޓިން އަލުން ފަށައިފި

ޔާޝްރާޖް ފިލްމްސްގެ ކާމިޔާބް ފްރެންޗަައިޒް "ދޫމް" ގެ ތިން ވަނަ ފިލްްމް "ދޫމް 3" ގެ މަންޒަރުތައް މިދިޔަ އަހަރު އެމެރިކާގެ ޝިކާގޯގައި ޝޫޓް ކުރުމަށް ފަހު، ފިލްމްގެ ފަހު ޝެޑިއުލްގެ މަސައްކަތް ސްވިޒަލެންޑްގައި ފަށައިފި އެވެ.

ފިލްމްގެ ޔުނިޓް މި ހަފުތާ އިން ފެށިގެން އަންނަނީ ސްވިޒްލަންޑްގައި ހަރަކާތްތެރިވަމުންނެވެ. އެހެން ނަމަވެސް "ދޫމް 3" ގައި އެންމެ މުހިއްމު އެއް ރޯލް އަދާ ކުރާ އާމިރް ހާން އަދި ފިލްމްގެ ކުރޫ އާ ނުއެއް ގުޅެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަހުގެ ތާރީހެއްގައި އާމިރް ސްވިޒަލެންޑަށް ގޮސް ކުރޫ އާ ގުޅޭނެ އެވެ.

އާމިރް މި ވަގުތު ހުރީ "3 އިޑިއަޓްސް" ގެ ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީގެ "ޕީކޭ" ގެ ޝޫޓިންގައި ރާޖަސްތާނުގަ އެވެ.

އާމިރް ނެތް ނަމަވެސް ކެޓްރީނާ ކެއިފް އާއި އަބީޝެކް ބައްޗަންގެ އިތުރުން އުދޭ ޗޯޕްޅާގެ މަންޒަރުތައް މިހާރު އަންނަނީ ނަގަމުންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ދޫމް 3" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ކްރިސްމަހާ ދިމާކޮށެވެ.