Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

އައިފޯން 8 ފަޅައިގެންދާ މައްސަލަ ބަލަން ފަށައިފި

ސްމާޓު ފޯނު އުފެއްދުމުގައި އިންގިލާބެއް ގެނެސްފައިވާ އެޕަލް އިން އެންމެ ފަހަކަށް ނެރުނު އައިފޯން 8 މެދުން ފަޅައިގެން ގޮސް، ސްކްރީނާއި ފޯނު ވަކިވާ މައްސަލަ ފެންމަތިވެ، އެޕަލްއިން ތަހުގީގު ކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިމައްސަލަ ރިޕޯޓުކުރަމުން އަންނައިރު އެއް ކަސްޓަމަރަކު ބުނެފައިވަނީ ޗާޖަށް ޖަހާފައިވަނިކޮށް އޭނާ ބެލިއިރު ފޯނު އޮތީ މެދުން ވަކިވެފައި ކަމަށެވެ.

އެޕަލް އިން ވަނީ މިފަދަ ދެ މައްސަލައެއް އިތުރަށް ބަލަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް މީޑިޔާއާ ހިއްސާކޮށްފައެއް ނުވެއެވެ.

ޓައިވާނުގެ ރައްޔިތަކު ގަތް ފޯނު މައްސަލަ ޖެހިގެން އެކަން ރިޕޯޓުކޮށްފައިވާއިރު ޖަޕާނުން އައިފޯން 8 ގަތް މީހަކު ބުނެފައިވަނީ އެ ފޯނު ލިބުނު އިރުވެސް އޮތީ ސްކީރީނާއި ފޯނު ވަކިވެފައި ކަމަށެވެ.

މިއީ ވަކި ދެމައްސަލަ ކަމެއް ނުވަތަ ފޯނު ފަރުމާކުރުމުގައި ހެދުނު ގޯހެއްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ. އެޕަލް އިން އައިފޯން 8 ވިއްކަން ފެށީ ނިމުނު ހަފްތާ ނޫން އޭގެ ކުރީ ހަފްތާގައެވެ. ގިނަ ބަޔެއްގެ މަގުބޫލުކަން މިފަހަރުވެސް އެޕަލް އައި ފޯނުން ހޯދާފައިވާއިރު އައި ފޯން X ވަނީ ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ.