Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

1413 އިން ސޮލަރެލްގެ ހުރިހާ ހިދުމަތެއް

އަގުބޮޑު މުދަލާއި ވެހިކަލް އިންޝޫރެންސްގެ ރައްކާތެރިކަމަށް ބޭނުންނަމަ ލަސް ނުކޮށް ސޮލަރެލްގެ ހޮޓްލައިން "1413" ނަންބަރަށް ގުޅުއްވައިގެން ހޯއްދަވާށެވެ.

ރާއްޖޭގައި މިވަގުތު އެންމެ އިތުބާރާއި ޔަގީން ކަމާއި އެކު އިންޝޫރެންސްގެ ހިދްމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވުނު ރާއްޖޭގެ ފުރަތަމަ ސައްތައިން ސައްތަ ދިވެހިން އިންޝޫރެންސް ކުންފުނި ސޮލަރެލް އިންޝޫރެންސެވެ. ތަޖްރިބާކާރު ޓީމެއްގެ ބެއްލެވުމުގެ ދަށުން އިންޝޫރެންސްގެ ހިދްމަތް ފޯރުކޮށްދެމުން އަންނައިރު މިއަދު އެކުންފުނީގެ ހިދްމަތް މިވަނީ ގުޅާލާ އެންމެ ކޯލަކުން ހައްލު ކޮށްދެވޭ ވަރަށް ހިދްމަތް ތަރައްޤީ ކޮށްފައެވެ.

ސޮލަރެލްއިން ވަނީ މިވީ މަދު ދުވަސްކޮޅު ތެރޭ ރާއްޖޭގައި އާއްމުކޮށް ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ބާވަތްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ އިތުރުން ކާގޯ އިންޝުއަރެންސާއި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.

ސޮލަރެލްއިން ވަނީ އެކުންފުނީގެ އޮފީހެއް އައްޑޫގައި ހުޅުވާފައެވެ. އެއޮފީސް މެދުވެރިކޮށް ހުޅުމީދޫ އަދި ފުވައްމުލަކަށް އިންޝޫރެންސްގެ ހިދްމަތް ދަނީ ފަސޭހަކޮށްދީފައެވެ.