Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

މީރާ ފިލްމް ކުޅެން ޝާހިދުގެ ސަޕޯޓް ލިބޭނެ

މީރާ ރާޖްޕޫޓްއަކީ ޝާހިދް ކަޕޫރްގެ އަނބިމީހާގެ ގޮތުގައި ފާހަގަ ކުރެވުނު ދުވަސްވަރު ވޭތުވެގެން ގޮސްފިއެވެ. މިހާރު މީރާއަކީ ޚުދު ފިލްމީ ތަރިއެއްހާ މަޝްހޫރު މީހެކެވެ.

ޝާހިދު ވެސް އޭނާގެ ލޯބިވާ އަނބިމީހާ އަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއެވެ. އެގޮތުން ދާދިފަހުން މީރާ ފިލްމް ކުޅެން ބޭނުންނަމަ ޝާހިދް އެކަމާއިމެދު ރިއެކްޓް ކުރާނީ ކިހިނަކުންތޯ ސުވާލު ކުރެވުނެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޝާހިދު ބުނީ މީރާ ކުރަން ބޭނުން ކޮންމެ ކަމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި، ފިލްމް ކުޅެން ބޭނުންނަމަ އެކަމަށް ވެސް މީރާ އަށް އެއްބާރުލުންދީ ހިތްވަރުދޭނެ ކަމަށެވެ.

Best times.

A post shared by Shahid Kapoor (@shahidkapoor) on

ޝާހިދްގެ ކުރިއަށް އޮތް ފިލްމް 'ޕަދްމާވަތީ' ގައި އޭނާ ކުޅެނީ ރާޖްޕޫޓެއްގެ ރޯލެވެ. ޝާހިދް ބުނީ އޭނާގެ ފޭނުންނަށާއި އޭނާގެ އަންހެނުންނަށް އެ ރޯލް އޭނާ އަދާކުރީ އެންމެ ރަނގަޅަށްކަން ސާބިތުކޮށްދިނުމުގެ ޕްރެޝަރު ވަރަށް ބޮޑު ކަމަށެވެ.

އަދި މަހާރަވާލް ރަތަން ސިންގް ގެ ރޯލަށް އޭނާ އަށް އިންސާފް ކުރެވުނު ކަމަށް އުންމީދު ކުރާ ކަމަށްވެސް ޝާހިދް ވަނީ ބުނެފައެވެ.