ދާދިފަހުން އިންޑިއާ އަށް ކުރަމުން އަންނަ ވިއްސާރައިގައި ޗެންނާއި އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ފްލައިޓެއް ޑައިވާޓްކޮށް 14 ފްލައިޓެއް ޑިލޭ ވެއްޖެ އެވެ.
ޗެންނާއި އެއާޕޯޓްގެ ވިޒިބިލީ ދަށްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިއަދު ހެނދުނު ޑިލޭވި ފްލައިޓްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ނުވަ ފްލައިޓެއް ވެސް ހިމެނެއެވެ.
އިއްޔެ ހެނދުނު 08:30 އިން މިއަދު ހެނދުނު 08:30 އާއި ދެމެދު ޗެންނާއި އަށް 25.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއިބެހޭ އިދާރާއިން ހާމަކުރެ އެވެ.
އެއާޕޯޓްގެ ހަތަރު އެރައިވަލް އާއި 10 ޑިޕާޗާ ފްލައިޓް 30 މިނެޓާއި ދެ ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ވަނީ ޑިލޭވެފައެވެ. މީގެ އިތުރުން ލަންޑަން އިން ދަތުރުކުރަމުން އައި ބްރިޓިޝް އެއާވޭސް ގެ ފްލައިޓަކާއި އަބޫދާބީން އައި އެތިހާދް އެއާވޭސްގެ ފްލައިޓެއް ވަނީ ޑައިވާޓްވެގެން ގޮސް ހައިދަރްއާބާދް ގައި ޖައްސާފައެވެ.
މިހާރު އެ މައްސަލަ ހައްލުވެ، ޗެންނާއި އެއާޕޯޓްގެ ފްލައިޓްތަކުގެ އުދުހުންތައް ދަނީ ތާވަލާއި އެއްގޮތަށް ކުރިއަށް ދަމުންނެވެ.