މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގއ. ދާންދޫ ގޯލްޑްލީފް، ހާރިސް އަބްދުލް އަފޫރު މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާރިސްގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ޒުވާނެކެވެ.
ހާރިސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ދެމީހަކު ވަރަށް ބޮޑަށް ފާރަލުމަށްފަހުއެވެ. ހާރިސް މަރާލީ ރައްޓެހި ބަޔަކާއި އެކު މާލޭގައި އުޅުމަށްފަހު ހުޅުމާލެއަށް އައިސް ހާރިސް މިހާރު ދިރިއުޅެމުން އަންނަ އިމާރާތް "ހާފްވޭ" ކައިރިންނެވެ.
ހާރިސްގެ މަރުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.