ނުރައްކާތެރި ބޮޑެތި ކުށްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ 16 މީހެއްގެ ފައިގައި މޮނިކޮން ޓެގު އެޅުވުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ހުއްދަ އަށް ހޯމް މިނިސްޓްރީގައި ފުލުހުން އެދުމުން އޭގެތެރެއިން ހަތް މީހެއްގެ ފައިގައި ޓެގް ނާޅުވަން އެކަމާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.
މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށަހެޅުމާއި މެދު ގޮތެއް ނިންމަނީ، އެކަމަށްޓަކައި ރައީސް ޔާމީން އެކުލަވާލާފައިވާ ކޮމިޓީންނެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ.
ފުލުހުން އެދުނު 16 މީހުންގެ ތެރެއިން 7 މީހެއްގެ ފައިގައި ޓެގް އަޅަން ނުފެންނަ ކަމަށް ނިންމީ ކީއްވެގެން ކަމެއް =ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
7 މީހެއްގެ ފައިގައި ޓެގް ނޭޅުވުމަށް ނިންމި ނަމަވެސް އެ ކޮމިޓީން އެ ކޮމެޓީން ނިންމީ ނުވަ މީހެއްގެ ފައިގައި ޓެގް އެޅުވުމުގެ އަމުރު ނެރެން ހައިކޯޓަށް ހުށަހެޅުމަށެވެ.
ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފައިގައި އެންމެ ފުރަތަމަ ޓެގް އަޅުވަން ފެށީ އުމަރު ނަސީރު ހޯމް މިނިސްޓަރ ކަމުގައި ހުންނެވި ދުވަސްވަރުއެވެ.
އޭރު ގިނަ ބައެއްގެ ފައިގައި ޓެގް އަޅުވަން އުމަރު ނިންމެވުމުން ރައީސް ޔާމީން ވަނީ އޭނާގެ އަތުން އެބާރު ނަންގަވައި ކޮމެޓީއަކާ އެކަން ހަވާލުކޮށްފައެވެ.