ޕްރިމިއާ ލީގުގައި ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑު ކުޅުނު މެޗު 1-1 އިން އެއްވަރުވެ އަނެއްކާވެސް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ލިވަޕޫލް އެންމެ ފަހަކަށް ކުޅުނު 7 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު މިހާރު އެޓީމު ވަނީ ލީގުގެ 7 ވަނައަށް ވެއްޓިފައެވެ. ލީގުގައި ކުޅުނު 7 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވެފައިވާއިރު އެއް މެޗުން ބަލިވެ ކޯޗު ޔާގަން ކްލޮޕަށް ސަޕޯޓަރުން ކުރާ އިތުބާރު ވަނީ ގެއްލެން ފަށައިފިއެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ކޫޓީނިއޯ ލިވަޕޫލަށް ލީޑު ނަގާދީފައިވާއިރު ޑިފެންސުން ހެދި ގޯހަކުން ނިއުކާސަލް އިން ވަނީ 36 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ބާކީ ވަގުތު ނިއުކާސަލް ވަނީ ޑިފެންސު ވަރުގަދަކޮށް ލިވަޕޫލަށް އިތުރު ލަނޑެއް ޖެހުނަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައެވެ. ލިވަޕޫލްގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނިއުކާސަލް ވަނީ މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ތާވަލުގެ 9 ވަނައަށް ޖެހިލާފައެވެ.