Last Updated: June 11, 11:23
Thursday, June 11, 2026
ސިޔާސީ

އަންޑަ ސެކްރެޓަރީއަކަށް ހާޝިމް، ޕޮލިޓެކްނިކްގެ ސީއީއޯއަކަށް އަދުނާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު ވަހީދު ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީގެ މަގާމަށް ޢައްޔަން ކުރެއްވީ، މައްޗަންގޮޅި ފާލްސާގޭ ޢަލީ ހާޝިމެވެ. ޢަލީ ހާޝިމް މިހާތަނަށް ހުންނެވީ، އެ އޮފީހުގެ ޑެޕިޔުޓީ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޢައްޔަން ކުރެއްވީ، ގއ. ވިލިނގިލީ އޭޝް ޢަދުނާން ޙަލީމެވެ. މިމަގާމަށް ޢަދުނާން ޙަލީމް ޢައްޔަނު ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.

އަދުނާނަކީ މޯލްޑިވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ނައިބް ރައީސް ވެސް މެ އެވެ.