Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ތެލުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާ ވެސް އުފުލައިފި އެވެ.

ދާދި ފަހުންވެސް ތެލުގެ އަގު ބޮޑުކޮށްފައިވަނިކޮށް މިފަހަރު އަނެއްކާ އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރުމާއެކު ޕެޓްރޯލް ލީޓަރަކުން 57 ލާރި ވަނީ ބޮޑުކޮށްފައެވެ. އަދި ޑީސަލް ލީޓަރަކުން 53 ލާރި ބޮޑުކޮށްފައިވެއެވެ.

އަގުތަކަށް ގެނައި ބަދަލުތަކާއެކު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.52ރ. އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 9.17ރ. އަށެވެ. ތެލުގެ އަގު ބޮޑުކުރުމުގެ ކުރިން ޕެޓްރޯލް ލީޓަރެއް 8.95ރ. އަށް ލިބިފައިވާއިރު ޑީސަލް ލީޓަރެއް ކުރިން ލިބެނީ 8.64 ރ. އަށެވެ.