އެމެރިކާގެ ލަސް ވޭގަސްގެ މިއުސިކް ފެސްޓިވަލެއްގެ ތެރޭގައި ބަޑިޖަހައި ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
ޚަބަރު ލިބޭ ގޮތުގައި މިސަރައްހަދުގައި ބަޑި ޖަހާފައިވަނީ އެންމެ މީހެކެވެ. އެތައް ބަޔަކު އެސަރަހައްދު ދޫކޮށް ރައްކާވަމުންދާއިރު ފުލުހުން އަންނަނީ އެސަރައްހަދުގައި ހަރަކާތްތެރިވަމުންނެވެ.
މިހާތަނަށް އެއްވެސް މީހަކު މަރުވެފައިވާ ކަން ކަށަވަރުވެފައިނުވާއިރު ޒަޚަމްވި މީހުންގެ ޖުމުލަ އަދަދުވެސް އެނގިފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެސަރައްހަދު ކައިރިން ދުއްވާފައިދާ މީހުންނަށް އެސަރަހައްދަށް ނުވަނުމަށް އިރުޝާދު ދެމުންނެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަޑީގެ ވަޒަން އަރައި ޒަޚަމްވެ ހޮސްޕިޓަލަށް އިމަޖެންސީގައި ގެންގޮސްފައެވެ.
ހަތިޔާރު އެޅި ފުލުހުން އަންނަނީ އެސަރައްހަދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ބަޑިޖެހި މީހާ ހައްޔަރުކޮށްފައިވާކަމެއް ކަށަވަރެއް ނުވެއެވެ.