Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އުރީދޫ ހެޑް އޮފީހުގެ ބިންގާ އަޅައިފި

އުރީދޫން ހުޅުމާލޭގައި އިމާރާތް ކުރާ ޒަމާނީ ފެންވަރުގެ ހެޑް އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާންގެ އިތުރުން އެކުންފުނީގެ ކުރީގެ ސީއީއޯ ވިކްރަމް ސިންއެވެ.

ޑޭކެއާ ސެންޓަރަކާއި އެކު ބިއްލޫރި އާއި ސްޓީލުން، ޓެކްނޮލޮޖީއަށް ފަހިކޮށް ހަދާ މިއިމާރާތާއި ގުޅޭ ގޮތުން ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މި އޮފީހަކީ ހުޅުމާލޭގެ ތަރައްޤީގެ ބޮޑު ދައުރެއް އަދާ ކުރާނެ އިމާރާތެއް ކަމަށެވެ.

ސިންގަޕޫރުގެ ޓެން އާކިޓެކްޓްސްއިން ޑިޒައިން ކޮށްފައިވާ މިއިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައި ފެށޭނެކަމަށް އުރީދޫން ބުންޏެވެ. އަދި މަސައްކަތް 12 މަހާއި 18 މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުރީދޫން ބުންޏެވެ.