ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދަންފަޅީގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުންނަވާ ގޮނޑި 10 ފޫޓު އުސް ސްޓޭޖަކަށް އެރުވުމަށްފަހު ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ވަނީ އަދިވެސް މަސީހަކީ އިތުބާރު ގެއްލިފައިވާ ރައީސެއް ކަމަށް ބުނަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ގާނޫނާއި އެއްގޮތަށް ހުށައަޅާފައިވާނެ ކަމަށާއި ގާނޫނު ދެމެހެއްޓުމަށް އެ ވޯޓު އެންމެ ފުރަތަމަ ކަމަކަށް ބޭއްވުމަށެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތާވަލުކުރި ދުވަހެވެ. ނަމަވެސް އެދުވަހު ސިފައިން ވަނީ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގައި މަޖިލިސް ބަންދުކޮށްފައެވެ.
ސިފައިންނާއި ފުލުހުން މެމްބަރުން ނުވެއްދުމަށް ހެދި ސަފުތައް ފަޅާލައި، އެދުވަހު މަޖިލީހަށް ވަން މެމްބަރުންނާ ދެކޮޅަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.