Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ވޭގަސް ހަމަލާއާ އައިއެސްއާ ގުޅުމެއް ނެތް: އެފްބީއައި

އެމެރިކާގެ ލަސް ވޭގަސްގެ މިއުސިކް ކޮންސާޓެއްގެ ތެރެއަށް ބަޑިޖަހައި ހިންގި އެތައް ބަޔަކު މަރާލި މީހަކީ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން ހުރި މީހެއް ނޫން ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) އިން ހާމަކޮށްފިއެވެ.

އެފްބީއައި އިން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ މިހަމަލާއަކީ އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތުން މިހަމަލާ ދީފައިވަނީ އެމީހުން ކަމަށް ބުނެ މީޑިޔާގައި ޚަބަރު ފެތުރުމާއި ގުޅިގެންނެވެ.

އައިއެސްއިން ބުނެފައިވަނީ ޓެރަރިސްޓު ހަމަލާދިން ސްޓީފެން ޕެޑޮކްއަކީ އެޖަމާއަތުގެ މެމްބަރެއް ކަމަށާއި އޭނާ ވަނީ މީގެ މަސްތަކެއް ކުރިން އިސްލާމްވެފައި ކަމަށެވެ.

12 އޮޓޮމެޓިކް ރައިފަލް ބޭނުންކޮށްގެން 50 މީހަކު ވަނީ މަރާލާފައެވެ. އަދި 400 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. ހަމަލާދިން މީހާ ވަނީ ފުލުހުންނަށް ދެވުމުގެ ކުރިން އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެގެންފައެވެ.