Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ މީހުން "ޝުކުރިއްޔާ ރައީސް ޔާމީން" ބުނަން ޖެހޭ: އައިބީ

އައްޑޫގެ ހުރިހާ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، އަޑުން އަޑުނަގާފައި އައްޑޫގެ ހުރިހާ ރައްޔިތުން ރައީސް ޔާމީނަށް ޝުކުރިއްޔާއޭ ބުނަން އެބަޖެހޭ ކަމަށެވެ.

"އައްޑޫ ހުރިހާ ރައްޔިތުން ބުނަން އެބަޖެހޭ ހަމަ އަޑުން އަޑު ނަގާފައި، ޝުކުރިއްޔާ ރައީސް ޔާމީން. އަޅުގަނޑު [ޝުކުރު] މި ދަންނަވަނީ ދާއިރާގެ ރައްޔިތުންގެ ނަމުގައި"

އައިބީ ވިދާޅުވި ގޮތުގައި، އެމްޑީޕީ މީހުން ކިތަންމެ ރުޅި އަޔަސް ރައީސް އަބްދުﷲ ޔާމީނަށް ޝުކުުރު އަދާކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ޖެހެނީ ސަބަބުތަކެއް ނެތި ނޫން ކަމަށާއި އައްޑޫގެ ރަައްޔިތުންނަށް މި ސަރުކާރު އައި ފަހުން އެތައް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ. އެގޮތުން ގަން އެއާޕޯޓް އިންޓަނޭޝަނަލް ކުރެވުމާއި އަދި މިހާރު ކުރިއަށްދާ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު އައިބީ ފާހަގަކުރެއްވިއެވެ.

އައިބީ ވިދާޅުވީ، މި ސަރުކާރުން ކޮށްފައި ހުރި ކަންތަކުގެ ވާހަކަ ރައީސް ޔާމީން ވިދާޅުވާން ފައްޓަވައިފި ނަމަ މި ދައުރު ނިމިގެން އަނެއް ދައުރާއި ހަމައަށް ވެސް ނުނިމޭނެ ކަމަށެވެ.