Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

މޭޖަ ޖެނެރަލް ޝިޔާމް އެފްބީ އާއި ޓްވިޓާ ވެސް ބޭނުމެއް ނުކުރައްވާ!

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމްގެ ނަމުގައި ހަދައިގެން އުޅޭ ޓްވިޓާ އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެެއްގައި ބުނެފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް އަށް، ނިސްބަތްވެވަޑައިގަންނަވާ ގޮތަށް ހަދައިގެން އުޅޭ ޓްވިޓާ އެކައުންޓް "ahmed shiyam @Genshiyam" އަކީ ސައްޙަ ޓްވިޓާ އެކައުންޓެއް ނޫން ކަމަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމަކީ ދުވަހަކު ވެސް ފޭސްބުކް އެކައުންޓެއް އަދި ޓްވިޓާ އެކައުންޓެއް ވެސް ހައްދަވާފައިވާ ބޭފުޅެއް ވެސް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ހަމަ އެހެންމެ ކުރިއަށް އޮތް ތާނގައި އެއީ އެފަދަ އެކައުންޓެއް ހެއްދެވުމުގެ ވިސްނުންފުޅެއް ވެސް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެހެންވެމި އެކައުންޓް ފޮލޯ ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.