ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރިސޯޓުގެ ވޯޓާ ވިލާއެއްގައި ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިއަދު ހެނދުނު 9:09 އެހާކަށްހާއިރު ހިނގި މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ޚަބަރު ލިބޭ ގޮތުގައި ވިލާގައި ރޯވެފައި ވަނީ ވިލާ ބޭނުން ކުރި ގެސްޓުން ޗެކްއައުޓު ކުރިތާ 15 ވަރަކަށް މިނެޓު ފަހުންނެވެ.
އަލިފާންގަނޑު އެމްއެންޑީއެފްގެ އޮފިސަރުންނާއި ރިސޯޓުގެ އެކަމަށް ތަމްރީނު ލިބިފައިވާ މުވައްޒަފުން ގުޅިގެން ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ރިސޯޓުން ހާމަކޮށްފައެއްނުވެއެވެ.