ވޭލްސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑްގެ ފޯވާޑް ގަރެތް ބޭލްއަށް ނުލިބި ރެޑިންގެ ކްރިސް ގަންޓާއަށް ލިބިއްޖެއެވެ.
ފާއިތުވެދިޔަ ހަތަރު އަހަރުވެސް މިއެވޯޑް ހާސިލުކޮށްފައިވާ ބޭލްއަށް މިފަހަރު ލިބުނީ ކުޅުންތެރިންގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ފޭނުންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައިވަނީ ސްޓޯކްއަށް ކުޅެމުން އަންނަ ޖޯ އެލެންއަށެވެ.
މިދިޔަ ސީޒަނުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިވެ ކުޅުމާއި ދުރުގައި ބޭލް ދުވަސްތަކެއް ވަންދެން ހުންނަން ޖެހުނަސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްސަކޮށް މިދިޔަ އަހަރު ކުޅުނު ޔޫރޯގައި ބޭލްގެ ފަރާތުން ވޭލްސްއަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ޓޮޓެންހަމް ހޮޓްސްޕާސްއިން ރެއާލް މެޑްރިޑަށް ބޭލް ބަދަލުވެފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭރުގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ބޭލް ރެއާލަށް ގެންގޮސްފައިވަނީ 87 މިލިއަން ޔޫރޯއަށެވެ.