އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދިޔަ އިންޖީނަކަށް މައްސަލަ ޖެހި، މަރާމާތު ކުރުމުގެ މަސައްކަތް ނުނިމެނީސް އިތުރު އިންޖީނަކަށް މައްސަލަ ޖެހިގެން ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މިމައްސަލަ ހައްލު ކުރުމަށް ދެ ތިން ދުވަސް ނަގާނެ ކަމަށް މައުލޫމާތު ލިބިފައިވާ އިރު މިހާރު ވެސް ހިތަދޫގެ އެކި ހިސާބުތަކުން އަންނަނީ ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ މިދަނޑިވަޅުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިންވެސް އިލްތިމާސްކޮށްފައެވެ.
ދެވަނަ އިންޖީނަށް މައްސަލަ ޖެހި ހިތަދޫގެ ދެކުނު ދާއިރާގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.