Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ގައިދީއަކަށް ސްޓްރޯކެއް ޖެހި އިމަޖެންސީގައި ފަރުވާ ދެނީ

ޖަލު ގައިދީން ތަކެއް، ފޮޓޯ: ސަން

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް ސްޓްރޯކެއް ޖެހި އިމަޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގުމާން ވިދާޅުވީ 47 އަހަރުގެ ގައިދީއަކަށް އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަކަމަށެވެ.

ލުގުމާން ވިދާޅުވީ ގައިދީއަށް ފުރަތަމަ ފަރުވާ ދޭން ފެށީ މިއަދު މެންދުރު ފަހު 3 ޖަހާކަށް ހާއިރު ކަމަށާއި ވަގުތުން އިމަޖެންސީގައި މާލެ ގެނެސް ފަރުވާ ދެމުން ގޮސް މިހާރު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީއަކީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ.

ޖަލުގައި ކުއްލި ގޮތަކަށް މަރުވާ މީހުންގެ އަދަދު މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.