Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

"ފިލާފާނެތީ" އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކޯޓު އަމުރެއްގެ ދަށުން ނޮޅިވަރަންފަރު ދާއިރާގެ މެމްބަރ ހުސެއިން އަރީފްގެ ފާސްޕޯޓް ދެވަނަ ފަހަރަށް ހިފަހައްޓައިފިއެވެ.

އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ އިއްޔެ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި ބުނެފައިވަނީ އޮކްޓޫބަރ 2 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖްލިސްގެ ރައީސްގެ ހިމާޔަތުގައި ތިބި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް ހަމަލާދެއްވި ކަމުގެ ތުހުމަތުގައި އަރީފްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ އޮގަސްޓް 2 ވަނަ ދުވަހުއެވެ.

އަރީފް ވިދާޅުވީ ފިއްލަވައިގެން ރާއްޖެ ދޫކޮށް އެއްވެސް ގައުމަކަށް ވަޑައިނުގަންނަވާނެކަމަށެވެ. އަދި އަބަދުވެސް ހުންނަވާނީ ދިވެހިންނާއި އެކު ރާއްޖޭގައި ކަމަށެވެ.

އަރީފްގެ މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.