Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ފުލުހުންގެ އިންޓަލިޖެންސުން ސިހުރު ހަދާ ތަކެތި ހޯދައިފި

ފުލުހުންނަށް ލިބުނު އިންޓަލިޖެސް މައުލޫމާތުތަކެއްގެ އެހީގައި ސިހުރު ހެދުމަށް ބޭނުން ކުރާ ސާމާންތަކެއް ހޯދައިފިއެވެ.

ފުލުހުން ބުނީ މިތަކެތި ހޯދީ ހއ. އިހަވަންދޫގެ ދެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެދެގޭ ބަލައި ފާސް ކުރަމުން ދަނިކޮށް އޭގެ ތެރެއިން އެއް ގެއަކުން ސިހުރު ހަދަންގެންގުޅޭ ޒާތުގެ 32 ފޮތް ހޯދާފައިވާ ކަމަށެވެ. އަދި އަނެއް ގެއިންވެސް ސިހުރު ހާހޫރަކަމަށް ބެލެވޭ ލިއުންތަކެއް ހޯދާފައިވާ ކަމަށެވެ.

ފުލުހުން ދޭތެރެ ދޭތެރެއިން ސިހުރު ހަދަން ގެންގުޅޭ ޒާތުގެ ސާމާން ހޯދައެވެ. އަދި އެފަދަ ގިނަ ތަންތަން ބަލައި ފާސް ކުރަނީ އިންޓަލިޖެންސް މައުލޫމާތުގެ އަލީގައެވެ.

ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސުން ހޯދާ ބައެއް މައުލޫމާތުގެ އަލީގައި ސިޔާސީ ފަރާތްތަކަށް ބޮޑެތި ހުކުމް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.