އެމެރިކާ އާއި ކެރީބިއަންގެ ރަށްތަކަށް އެރި ތޫފާންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އެވާހަކަ ޓްވިޓާ މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރަމުން 31 އަހަރުގެ ގާގާ ބުނެފައި ވަނީ އެމެރިކާ އާއި ކެރީބިއަން އަށް އެރި ތަފާތު ފަސް ތޫފާނެއްގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައި އޭނާ އެއް މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށެވެ.
While praying every day, I'm also donating $1Mil to relief efforts for Hurricanes Harvey, Irma, José, Maria and the Mexico City earthquake 🙏
— Lady Gaga (@ladygaga) October 1, 2017
ލޭޑީ ގާގާގެ އިތުރުން މަޝްހޫރު އެހެނިހެން ބައެއް ތަރިން ކަމަށްވާ ކިމް ކާޑޭޝިއަން، ޖަސްޓިން ބީބާ، ބިޔޯންސޭ، ސެންޑްރާ ބުލޮކް އަދި ލިއޮނާޑީ ޑިކެޕްރިއޯ ވެސް ވަނީ އެ ތޫފާންތަކުގައި ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ލޭޑީ ގާގާގެ 'ޖޯއޭން' ވޯލްޑް ޓުއާގެ ޔޫރޮޕްގެ ބައެއް ޝޯތައް ބަލި ހާލަތު ހުރި ގޮތުގެ ސަބަބުން އޭނާ ވަނީ ކެންސަލް ކޮށްފައެވެ.