Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

ސޯހާ އާއި ކުނާލްގެ ދަރިފުޅަށް ކިޔަނީ އިނާޔާ

ސޯހާ އަލީ ޚާން އާއި ކުނާލް ކޭމޫ އަށް މިދިޔަ ހުކުރު ދުވަހު އަންހެން ކުއްޖަކު ލިބިފައިވާއިރު، އެދެމަފިރިން ވަނީ ދަރިފުޅާއި އެކު ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިލާފައެވެ.

ކުނާލް އާއި ސޯހާގެ ދަރިފުޅަށް ދީފައިވާ ނަމަކީ އިނާޔާ ނައުމީ ކޭމޫ އެވެ. އެ ޚަބަރު ކުނާލް ވަނީ ރަސްމީކޮށް އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާން ކޮށްފައެވެ.

ކުނާލް އާއި ސޯހާ އާންމުންނަށް ފެނިލާފައި ވަނީ ހޯމަ ދުވަހު ހޮސްޕިޓަލުން ޑިސްޗާޖުވުމަށްފަހު ގެއަށް ދަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކުނާލް އާއި ސޯހާ ތިބީ ވަރަށް އުފަލުންނެވެ. އަދި ކުނާލް ހުރީ ތުއްތު ތުއްތު އިނާޔާ ގައިގައި އޮޅުލައިގަނެގެންނެވެ.

އިނާޔާ މޫނު ކެމެރާތަކަށް ނުފެންނަހެން އޮތީ ރަޖާ އަޅާފައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ސޯހާ އާއި ކުނާލް، އިނާޔާގެ ފޮޓޯއެއް ހިއްސާކުރާނެ ކަމަށް ގިނަ ބަޔަކު ދަނީ އުންމީދު ކުރަމުންނެވެ.