Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެކްސިޑެންޓްގައި ސީރިއަސްވި މީހާ މާލެ ފޮނުވާލަނީ

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައިފިއެވެ.

ހިތަދޫ ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ނަޖީބް ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 4 މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ނަޖީބު ވިދާޅުވި ގޮތުގައި އެ އަންހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މެންދުރު ފްލައިޓުން މާލެ ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

ހިތަދޫ ބޮޑުމަގުގައި 2 ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވި އަންހެން މީހާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އޭނާގެ ދަތްދޮޅި ވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

އޭނާގެ އިތުރުން ވެސް އެކްސިޑެންޓްގައި ޒަޚަމްވި 3 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.