ޒުވާނުން ބާރުވެރިކުރުމަށް ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ އާކެންސް އެސޯސިއޭޝަން ފޯ ޔޫތުން އިންޒާމްކޮށްގެން އަންނަ އަހަރު މާޗް މަހު ބާއްވާ "އައްޑޫ މޮޑެލް ޔުނައިޓެޑް ނޭޝަންސް" އިވެންޓް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާނެ ވޮލަންޓްރީ ޒުވާނުން ހޯދުމަށް އެޖަމިއްޔާއިން އިއްލާންކޮށްފިއެވެ.
އާކިންސްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޕަބްލިކް ރިލޭޝަންސް އާމިނަތު ޝާހާ ޝަރީފް މައުލޫމާތު ދިން ގޮތުގައި އެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ "އައްޑު މޮޑެލް ޔުނައިޓެޑް ނޭޝަންސް" އިވެންޓްގެ ލޮޖިސްޓިކް އަދި ކޮންފަރެންސް ޕްރޮޓޮކޯލް އާއި އެޑްމިނިސްޓްރޭޝަން މަސައްކަތް ކުރާ ހިތްވާ ކުދިން ބޭނުންވެއެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ކުދިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އިމެއިލް [email protected] އަށް އެޕްލިކޭޝަން ފޮނުއްވައި ދިނުމަށް ޖަމިއްޔާއިން އެދިވަޑައިގަންނަވައެވެ.
ޖޮބް އެޕްލިކޭޝަން ލިންކް https://docs.google.com/forms/d/1J5XezWoan7608_MH8ctKxR_6DQAwZRwRvy-hNaHnGAA/viewform?edit_requested=true