Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޔާމީންގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް މިއަދު

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން: ފުލުހުން

މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދައުލަތުން ޔާމީންގެ މަރާއި ގުޅިގެން 8 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ ތެރެއިން 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނެފައިވަނީ ޔާމީން މަރާލާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ބަޔަކު ރާވައިގެން ކަމަށެވެ. އެމީހުންނަކީ ދީނީ ގޮތުން ފަތަވާ ދެވޭ ވަރަށް އިލްމު އުނގެނިގެން ތިބި ބަޔެއް ނޫނަސް، އެމީހުންނަކީ ތައުލީމު އުނގެނިފައިވާ ބައެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޔާމީން ރަޝީދު މަރާލުމުގެ ކުރިން އޭނާއަށް ވަނީ އެކި ފަހަރު މަތިން މަރުގެ އިންޒާރު ދީފައެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ފުލުހުން އަޅާފައިނުވާ ކަމަށް ބުނެ އާއިލާއިން ވަނީ ފުލުހުންނާ ދެކޮޅަށް މައްސަލަ ހުށައަޅާފައެވެ.