ގެއެއްގެ ވެރި ފަރާތުގެ ހުއްދަ ނެތި އެގެއަށް ވަނުމުގެ ކުށް ސާބިތުވި މީހަކު 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކ.މާލެ ކަދުރުމާގެ ޝަމްޢޫނޤ ރަޝީދެވެ.
2013 ވަނަ އަހަރުގެ ޖޫން މަހު މ.ފިނިފަރުގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަނެތި ވަނުމުން ޝަމްއޫންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.
ޝަމްޢޫންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން އޭނާ .މ ފިނިފަރުގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަނެތި ވަދެފައިވާކަން ސާބިތުވާތީއެވެ.