Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އާޒިމް ފުލުހަށް ހާޒިރުވާން އަންގައިފި

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުސް އޮފީހަށް ހާޒިރުުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.

އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން އޭނައަށް މާދަމާ މެންދުރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅު 12 މެމްބަރަކާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު މެމްބަރު އާޒިމް ކުއްލި ގޮތަކަށް ފުލުސް އޮފީހަށް ހާޒިރުކުރުމަށް އަންގާފައި މިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

އާޒިމްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމްވެސް ފުލުހަށް ހާޒިރުވުމަށް އިއްޔެ ވަނީ އަންގާފައެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފުގެ ޕާސްޕޯޓުވެސް ސަރުކާރުން ވަނީ ހިފަހައްޓާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މިފަހަރު މަޖިލީހުގެ ޖަލްސާތައް ފަށަނީ ރިޔާސަތުގެ މޭޒު 10 ފޫޓު އުސް ސްޓޭޖެއްގައި ބިނާ ކުރުމަށްފަހުގައެވެ.