Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދިއްޖެ

ސިންގަޕޫރުގައި ބޭސްފަރުވާ ކުރަމުންދާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްއިން އެދިއްޖެއެވެ.

ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވީ 10 ދުވަހަށެވެ. 10 ދުވަސް ހަމަވުމުން އިތުރު 10 ދުވަސް ދިނުމަށްފަހު އަނެއްކާވެސް 5 ދުވަސް އިތުރުކުރުމަށްފަހު އިއްޔެ ވަނީ ފަސް ދުވަސް ހަމަވެފައެވެ.

ކަރެކްޝަންސް އިން އިއްޔެ ބުނި ގޮތުގައި 5 ދުވަސް ދިނީ ރާއްޖެ އަނބުރާ ވަޑައިގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ. ނަމަވެސް އިއްޔެ ގާސިމް ހާޒިރުނުވެއްޖެނަމަ ދެން ބެލެވޭނީ ފިލާފައިވާ ކަމަށާއި ފުލުހުންގެ އެހީ ހޯދައިގެން ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ގާސިމް ހޯދުމަށް ފުލުހުންގެ އެހީ މިއަދު ކަރެކްޝަންސް އިން ހޯދާފައިވާއިރު ފުލުހުން ބުނެފައިވަނީ އާންމު އުސޫލުގެ ގޮތުން ގާސިމް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.